ހއ. ދިއްދޫ ބަނދަރު މަޝްރޫއުގެ 91 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެތަނުގައި މޫރިން ބޮއި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެ މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

22 މެއި 2025: ހއ. ދިއްދޫ ބަނދަރު ތަރައްގީގެ މަސައްކަތް --- ފޮޓޯ/ އެމްޓީސީސީ

އެ މަސައްކަތުގެ ދަށުން ކުރުމަށްނިންމާފައިވާ މަސައްކަތްތައް:

  • 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
  • 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއިއި ރޭމްޕެއް ހެދުން.
  • 9,270 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓު ހެދުން.
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން.
  • 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
  • 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން.
  • 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލްގެ ބޭރުތޮށިލުން.