މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު ހާދިސާ ބަލާ ނިމެންދެން، އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަން ދެމި އޮންނަ ގޮތަށް ގަވާއިދު ހަދައި ގެޒެޓުކޮށްފަ އެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ގައެވެ.
އެ ކޮމިޝަނުން ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް މި މަހު އަށްވަނަ ދުވަހުގެ ޕޯޓަލެއް ތައާރަފުކޮށްފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހު ޔުމްނު އެ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ވަނީ އެއްކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަނުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ޔުމްނު ވެއްޓުނުއިރު އޭނާ އާއެކު އުޅުނު އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލް (21އ)، އާ ބައްދަލުކޮށް މައްސަލައާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށްފައެވެ.
ރިޔާސީ ކޮމިޝަން އުފެއްދިތާ މަހެއްވާން ކައިރިވެފައިވަނިކޮށް ރައީސް އޮފީހުން އިއްޔެ ވަނީ އެ ކޮމިޝަންގެ ގަވާއިދު ގެޒެޓުކޮށްފައެވެ. ގަވާއިދުގައިވާ ގޮތުން އެ ކޮމިޝަނަށް ކިޔަނީ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އެވެ.
ކޮމިޝަނާ ގުޅޭ ގަވާއިދަށް ކިޔަނީ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަނުގެގެ ހިންގާ ގަވާއިދު" އެވެ.
ގަވާއިދުގައިވާ ގޮތުން ކޮމިޝަނުގެ މަސައްކަތް ނިމޭނ،ީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ.
އެ ގަވާއިދުގައިވާ ގޮތުން ކޮމިޝަނަށް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކައް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދޭނެއެވެ. އަދި މައްސަލައިގެ ތަހުގީގަަށް އެހީތެރިވުމަ ށްރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއ،ި ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.
އަދި ކޮމިޝަނުން ބޭނުންވެއްޖެނަމަ ޖިނާއީއިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުބޭނުން ކުރެވޭނެކަމަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
ހައްޔަރު އަމުރާއ،ި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް އެދުމުގެ ބާރުވެސް ގަވާއިދުން ވަނީ ކޮމިޝަނަށް ދީފައެވެ.
ކޮމިޝަނަށް ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާކަމަށް ގަވާއިދުވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގާރީނާތަކާއ،ި އެނޫންވެސް މައުލޫމާތު ހޯދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަމަށް ގަވާއިދުގައިވެއެވެ.
މުހައްމަދު އިޝާން
ޚަބަރު
ޚަބަރު
ޚަބަރު