ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކުރުމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮންތަނަކު ހިނގި ހާދިސާއެއް ކަމެއް ފުލުހުން ނުބުނެއެވެ.
ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯއިން ފެންނަނީ ކްލިނިކްގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް