ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ޑިޕާޓްމަންޓުތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ބަދަލުތަކުގެ ދަށުން އެ ހިދުމަތުގެ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ޑިޕާޓްމަންޓުތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރިޓީ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑިޕާޓްމަންޓުތަކުގެ ހިންގުމަށް ގެނައި ބަދަލުތައް:

  • ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
  • ހެޑް އޮފް ޑްރަގް އެންފޯސްމަންޓް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް
  • ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހު
  • ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
  • ހެޑް އޮފް ތިލަމާލެ ޕޮލިސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
  • ހެޑް އޮފް ޓްރެފިކް ޕޮލިސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން
  • ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު
  • ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޝަހީމް
  • ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން

ފުލުހުން ބުނީ އެ ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށެވެ.