ހޮލީވުޑްގެ މަޝްހޫރު ތަރި އެން ހެތަވޭ، މެޓް ގާލާ 2025 ގައި ވަރަށް މާނަފުން ހެދުމެއް ލައިގެން ބައިވެރިވެއްޖެއެވެ.

މި އަހަރުގެ ތީމް ކަމުގައިވާ 'ސުޕަރފައިން: ޓެއިލަރިން ބްލެކް ސްޓައިލް' އާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ހެދުމުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި އަންދްރޭ ލިއޯން ޓެލީ އާއި ކެރޮލީނާ ހެރޭރާގެ ރަހްމަތްތެރިކަމަށް އިހްތިރާމު އަދާކުރުން ހިމެނެއެވެ.

ހުދު ގަމީހަކާއި ކަޅު އަދި ހުދު ކުލައިގެ ދިގު ސްކާޓެއްގައި އޭން ހުރި އިރު އެ ސްކާޓުގައި ދެ ލައްކަ އަށްވުރެ ގިނަ ރައިންސްޓޯން އަދި ބީޑްސް ހަރުކޮށްފައިވެއެވެ. ހެދުން ފަރުމާކުރުމަށް 910 ގަޑިއިރު ހޭދަވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެން ހެތަވޭގެ މި ހެދުމަކީ ކެރޮލީނާ ހެރޭރާގެ ކްރިއޭޓިވް ޑިރެކްޓަރު ގޯޑަން ފަރުމާކޮށްފައިވާ ހެދުމެކެވެ. މީގެ އިތުރުން އެން ވަަނީ ބުލްގަރީގެ ޑައިމަންޑް ނެކްލެސްއަކާއި ދެ އަނގޮޓި އަޅައިފައެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ބޮޑު ޕޯނީޓެއިލް ސްޓައިލަކަށް ހަދައިފައެވެ. މިނިމަލިސްޓް މޭކަޕް ލުމެއް ބޭނުންކޮށްފައި ވެއެވެ.