މަޝްހޫރު ޕޮޕް ތަރި ކޭޓީ ޕެރީ މެޓް ގާލާގައި ބައިވެރިވި ކަމަށް ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރި، ގިނަ ބަޔަކަށް އޮޅުން އަރައިފިއެވެ.

ކޭޓީ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށް، އޭނާ މެޓް ގާލާގައި ބައިވެރި ނުވާކަމަށް ބުނެފައެވެ. އޭނާ މިވަގުތު ހުރީ ލައިފްޓައިމްސް ޓުއާގައި ކަމަށް ބުނެފައިވެއެވެ. މި ފޮޓޯ ތަކަކީ އޭއައި އިން ޖެނެރޭޓްކޮށްފައިވާ ފޮޓޯތަކެއްކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

https://www.instagram.com/p/DJTlSmeR9Kg/?utm_source=ig_web_copy_link

މިދިޔަ އަހަރުވެސް މިފަދަ އޭއައި ފޮޓޯއަކުން އޭނާގެ މަންމައަށް އޮޅުނު ކަމަށް ކޭޓީ ފާހަގަކޮށްފައި ވެއެވެ. "މިއަހަރު އަހަރެން މަންމައާ އެކުގައި ހުރީމަ، މަންމައަށް ބޮޓްތަކުން ސަލާމަތް ވެވުނު" ކޭޓީގެ އިންސްޓަގްރާމުގައި ލިޔެފައިވެއެވެ.

މިއަހަރުގެ މެޓް ގާލާގެ ތީމަކީ "ސުޕަރފައިން: ޓެއިލަރިން ބްލެކް ސްޓައިލް" އެވެ. ކޭޓީ މިވަގުތު ވަނީ 2024 ގައި ނެރުނު އޭނާގެ އަލްބަމް "143" ގެ ޓުއާގައެވެ. މި ޓުއާ ފެށުނީ އޭޕްރިލް 23 ގައި މެކްސިކޯގައެވެ. މިހާރު އޭނާ އަންނަނީ އެމެރިކާގެ ޓުއާ ފަށަން ތައްޔާރުވަމުންނެވެ.