މި އަހަރުގެ މެޓް ގާލާގައި މަޝްހޫރު ގިނަ ތަރިން އަގު ބޮޑު ހެދުންތައް ލައިގެން ފެނުނު ނަމަވެސް، މެޓް ގާލާގެ ތާރީހުގައި އެންމެ އަގުބޮޑު ހެދުމަކީ ތިން އަހަރު ކުރީން ރިއަލިޓީ ޓީވީ ސްޓާ ކިމް ކާޑޭޝިއަން ލައިގެން ހުރި ހެދުމެވެ. އެ ރެކޯޑް އަދިވެސް މުގުރައެއް ނުލެވެއެވެ.

އެއީ 1962 ގައި މެރިލިން މޮންރޯ ލައިގެން ހުރި މަޝްހޫރު "ބާތްޑޭ ޑްރެސް" އެވެ. އެ ހެދުން ފުރަތަމަ ފަރުމާކުރީ ޖީން ލުއިސްއެވެ. ހެދުމުގެ ސްކެޗް ކުރެހީ ބޮބް މެކީ އެވެ. ހެދުމުގައި 2,500 އަށްވުރެ ގިނަ ރެއިންސްޓޯން އަތުން ޖަހާފައިވެއެވެ.

2016 ގައި ކެނެޑާގެ ބިލިއަނަރު ޖިމް ޕެޓިސަން ވަނީ މި ހެދުން 4.8 މިލިއަން ޑޮލަރަށް ގަނެފައެވެ. ކިމް މި ހެދުން ލީ 2022 ވަނަ އަހަރުގެ މެޓް ގާލާގައެވެ.

https://www.instagram.com/p/CdHVSWrPgiB/?igsh=MXA5djIwbnAxMGlqaw==

ކިމް މި ހެދުން ލުމަށްފަހު، ހެދުމަށް ގެއްލުން ލިބުނު ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވެއެވެ. 2024 ގައި ހާމަކުރެވުނު ފޮޓޯއަކުން ހެދުމުގައި ލޯވަޅު ހެދި، ފޭރާން ދެމި، އަދި ގިނަ ތަންތަނުން ރެއިންސްޓޯން ނެއްޓިފައި ހުއްޓާ ފެނިފައިވެއެވެ. ނަމަވެސް ކިމް ބުނެފައިވަނީ ހެދުން ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވެފައިވާ ކަމަށެވެ.

މިހާރު މި ހެދުން ބަހައްޓާފައި ހުރީ ރިޕްލީސް މިއުޒިއަމްގައެވެ. މިއީ ޕޮޕް ކަލްޗަރގެ އެންމެ މުހިންމު އެއް ހެދުން ކަމަށް ބުނެވެއެވެ. އަދި މެޓް ގާލާގެ ތާރީހުގައި އެންމެ އަގުބޮޑު އަދި މިއީ އެންމެ ވާހަކަދެކެވުނު ހެދުންތަކުގެ ތެރޭގައި ހިމެނޭ ހެދުމެކެވެ.