އެމެރިކާގެ މަޝްހޫރު މިޔުޒިކް އާޓިސްޓް އެންޑްރޭ 3000 މެޓް ގާލާގައި ފާހަގަކޮށްލެވޭ ގޮތަކަށް ބައިވެރިވެ، އެންމެންގެ ސަމާލުކަން ހޯދައިފިއެވެ. އޭނާ ސަމާލުކަން ހޯދީ ބުރިކަށީގައި ގްރޭންޑް ޕިޔާނޯއެއް އަޅުވައިގެންނެވެ.

އެންޑްރޭ ލައިގެން ހުރީ ބާބަރީ އަދި އޭނާގެ އަމިއްލަ ލޭބަލް ބެންޖީ ބިކްސްބީގެ ނޭވީ ޖަމްޕްސޫޓެކެވެ. އޭނާގެ ބުރިކަށީގައި އަޅުވައިފައިވާ ޕިޔާނޯއަކީ ލޯ ރޯޗް އަދި ބާބަރީގެ ޑެނިއަލް ލީއާ ގުޅިގެން ފަރުމާކޮށްފައިވާ އެއްޗެކެވެ.

މެޓް ގާލާއަށް ދިއުމުގެ ކުރިން އެންޑްރޭ ވަނީ "7 ޕިޔާނޯ ސްކެޗަސް" ގެ ނަމުގައި އަލްބަމެއް ނެރެފައެވެ. މި އަލްބަމުގައި ހިމެނެނީ އޭނާގެ އައިފޯނުގައި ރެކޯޑުކޮށްފައިވާ ޕިޔާނޯ ޓްރެކްތަކެކެވެ. މި އަލްބަމުގައި އެންޑްރޭ ރެޕްކޮށްފައެއް ނުވެއެވެ.

އެންޑްރޭ ބުރިކަށީގައި ޕިޔާނޯ އަޅުވައިގެން ހުރި ގޮތަކީ އޭނާގެ އަލްބަމުގެ ވިޝުއަލް ރެޕްރެޒެންޓޭޝަނެއް ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ. މިއީ އިންޓިމެޓް، އަންޕޮލިޝްޑް އަދި ޕަރސަނަލް މިޔުޒިކް ދައްކުވައިދޭ ގޮތެކެވެ.

އެންޑްރޭގެ ލުކުން މިއަހަރުގެ ތީމް ވަރަށް ފުރިހަމައަށް ކެޕްޗަރ ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ 17 އަހަރު ކުރިން މެޓް ގާލާއަށް ބަދިގެއިން ވަދެގެން ބައިވެރިވި އެންޑްރޭ، މިފަހަރު ވަނީ އާ އަލްބަމަކާއެކު ރަސްމީކޮށް ބައިވެރިވެ، އެންމެންގެ ސަމާލުކަން ހޯދައިފައެވެ.