އިންޑިއާގެ މަޝްހޫރު މިއުޒިކް އާޓިސްޓް އަދި އެކްޓަރު ދިލްޖިތް ދޯސަންޖް، މި އަހަރުގެ މެޓް ގާލާގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. އޭނާ ލައިގެން ހުރީ ޕަންޖާބީ އަސްލާއި އިންޑިއާގެ ރަސްކަމުގެ ސްޓައިލް އެއްކޮށްލައިފައިވާ ހެދުމެކެވެ.

ޑިޒައިނަރު ޕްރަބަލް ގުރުން ފަރުމާކޮށްފައިވާ މި ހެދުމުގައި ހިމެނެނީ އައިވަރީ ހުދު ކުލައިގެ ޝެރްވާނީއަކާއި، ރަން ކުލައިގެ ތްރެޑްވޯކް ޑީޓެއިލިން ހުރި ބޮޑީސްއަކާއި ކަފްސްތަކެކެވެ. އަދި އެއްވައްތަރުގެ ކޭޕެއްގެ ފަހަތުގައި ޕަންޖާބުގެ މެޕެއް އެމްބްރޮއިޑަރ ކޮށްފައިވެއެވެ.

ދިލްޖިތްގެ ލުކް ފުރިހަމަކޮށްދިނީ އައިވަރީ ހުދު ކުލައިގެ ޓާބަނަކާއި، ސްޓޭޓްމަންޓް ގަހަނާއާއި، ހުދު ކުލައިގެ ފިޔައަކާއި، ގިނަ ވިންޓޭޖް-ސްޓައިލް ހާރުތަކަކާއި، ޓްރެޑިޝަނަލް ކަނޑިއަކުންނެވެ.

މިއަހަރުގެ މެޓް ގާލާގެ ތީމަކީ "ސުޕަފައިން: ޓެއިލަރިން ބްލެކް ސްޓައިލް" އެވެ. ދިލްޖިތްގެ ލުކާ މެދު އިންޓަނެޓުގައި ހޫނު ބަހުސްތަކެއް ކުރިއަށްދެއެވެ. ގިނަ ބަޔަކު މި ލުކަށް ތައުރީފުކުރާއިރު، ބައެއް ފާޑުކިޔުންތެރިން ބުނަނީ މި ލުކް ތީމާ ނުގުޅޭ ކަމަށެވެ.

https://www.instagram.com/p/DJSplnFzQbp/?utm_source=ig_web_copy_link

ދިލްޖިތްގެ އިތުރުން މި އަހަރުގެ މެޓް ގާލާގައި ޝާހުރުކް ޚާން އަދި ކިއާރާ އަދްވާނީ ފަދަ އިންޑިއާގެ މަޝްހޫރު ތަރިންވެސް ބައިވެރިވިއެވެ. ދިލްޖިތްގެ މި ލުކުން އިންޑިއާގެ ފެޝަން އިންޑަސްޓްރީއަށާއި ޕަންޖާބީ ސަގާފަތަށް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރު ސަމާލުކަމެއް ލިބޭނެ ކަމަށް ހަބަރުތައް ބުނެއެވެ.