ހުޅުމާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހިޔާ ޓަވަރު އަށަކުން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި" ފުލުހުން ބުންޏެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީންވެސް ދަނީ ކުރަމުންނެވެ.
މުހައްމަދު އިޝާން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން