އިންޑިއަން އައިޑަލް 12 ކާމިޔާބުކުރި، މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވަންދީޕް ރާޖަން ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެ، ފަރުވާ ދެމުން އެބަ ގެންދެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އުއްތަރު ޕްރަދޭޝްގެ އަމްރޯހާ ޑިސްޓްރިކްޓްގެ ގަޖްރައުލާ ޕޮލިސް ސްޓޭޝަން ސަރަހައްދުގެ ނެޝަނަލް ހައިވޭ 9 ގައެވެ. މި ހާދިސާ ހިނގީ ޕަވަންދީޕް އޭނާގެ އުފަން ރަށް އުއްތަރާކަންޑުން އަހްމަދުއާބާދުގައި އޮތް ޝޯއަކަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެކްސިޑެންޓްގައި ޕަވަންދީޕްގެ އިތުރުން އޭނާގެ އެކުވެރިޔާ އަޖޭ މެހްރާ އަދި ޑްރައިވަރު ރާހުލް ސިންގަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. މިވަގުތު ތިން މީހުނަށްވެސް ފަރުވާ ދެމުން އަންނަނީ ނޮއިޑާގެ ހޮސްޕިޓަލެއްގައި ކަމަށް ޕަވަންދީޕްގެ ޓީމުން ބުނެއެވެ.
ގަޖްރައުލާ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަކިލޭޝް ޕްރަދާންއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ޕަވަންދީޕްމެން ތިބި ކާރު ޕާކުކޮށްފައި އޮތް ޓްރަކެއްގައި ޖެހުމުގެ ސަބަބުންނެވެ. މައިގަނޑު ސަބަބަކީ ޑްރައިވަރު ވަރުބަލިވެފައި ހުރުން ކަމަށް ތަހުގީގުން ދައްކާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޕަވަންދީޕްގެ ގިނަ ފޭނުން ވަނީ އޭނާގެ ހާލު ރަނގަޅުވުމަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްފައެވެ.
ފޮޓޯޓަކުން ފެންނަ ގޮތުގައި، ޕާކް ކޮށްފައި އޮތް ވެހިކަލްގައި ޖެހި، ޕަވަންދީޕްމެން ތިބި ކާރުގެ ކުރީކޮޅު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން