ފުލުހުންގެ ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ރެކްރޫޓު ފުލުހެއްގެ ހާލު ދެރަވެފައިވަނީ ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް ކަމަށެވެ. އެއީ 40 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ހަދަމުންދިޔަ 34 އަހަރުގެ ފިރިހެން ރެކްރޫޓެއް ކަމަށް ފުލުހުން ބުންޏެވެ.
ފަތިހު 04:21 ހާއިރު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އެ ރެކްރޫޓަށް ގޮވުމުން ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ދަނީ ފަރުވާދެމުން ކަމަށެވެ.
މިވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް