ގަރާޖު ސިޓީގެ މައްސަލައަށް ހައްލެއް ލިބޭނީ ޕާކިން ބިލްޑިންގްތައް ހެދިގެން ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ވެހިކަލް ބާއްވާނެތަނެއް ނުދައްކައި ވެހިކަލް ރަޖިސްޓަރީކުރުމަކީ އެއްއިރަކުވެސް ކުރިކަމެއް ނޫން ކަމަށާއި ގަރާޖެއް ނެތި އުޅަނދު ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ގަރާޖު ސިޓީވެސް މި ދޫކުރަނީ ވަރަށް ފޭކް ގޮތަކަށް. ފިޒިކަލީ އެ މީހާއަކަށް އެތަނެއް ނުފެނޭ. އެމީހާގެ ވެހިކަލް ބާއްވާނެ ޖާގައެއް ހަގީގަތުގައިވެސް އޮންނަން އެބަ ޖެހޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަތަރު ޕާކިން ބިލްޑިން ހަދާނެ ކަމަށެވެ.
"ޕާކިން ބިލްޑިންތަކެއް އެޅުނީމަ އަޅުގަނޑުމެން ޖާގަ ދޭނަން ޓެކްސީތަކާއި ޕްރައިވެޓް ކާރުތަކާއި ސައިކަލުތަކާއި މިހުރިހާ އެއްޗަކަށްވެސް މާލޭގެ ހަތަރު ސަރަހައްދުން ޖާގަ ލިބިގެންދާނެ. އެއީ މީގަ ދާއިމީ ހައްލަކީ ޕާކު ކުރާނެ ޖާގަ ނެތި ރަޖިސްޓަރީއެއް ނުހެދޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނު މާލޭގެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނެވިއިރު ސޮއިކުރި އެއް މަޝްރޫއެއް ފެށުމާ ކައިރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭރުން ފަސް ޕާކިން ބިލްޑިން ވާނެ ކަމަށެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު