މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގައި އިތުރު ދެ މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގައި ފުލުހުން ވަނަވަރު ހާމަކުރި ނުވަ މީހުންގެ ފޯނު ހިފަހައްޓަން ކޯޓު އަމުރެއް ހޯދީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެ ދުވަހު ހިފެހެއްޓި ކަމަށް ފުލުހުން ބުނީ ހަތް މީހެއްގެ ފޯނެވެ.

ފުލުހުން މިއަދު ވަނީ އިތުރު ދެ މީހެއްގެ ފޯނާއެކު ވަނަވަރު ހާމަކުރި އެންމެންގެ ފޯނު ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އިމާރާތެއްގެ ނުވަ ވަނަ ބުރިން ޔުމްނު ވެއްޓުނު މައްސަލައިގައި، އެރޭ އޭނާ އާއެކު އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅޭ އަށް މީހެއްގެ ވަނަވަރު އެދުވަހު ފުލުހުން ވަނީ އާއްމުކޮށްފައެވެ.

  1. ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  2. އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
  3. އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
  4. ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
  5. ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  6. އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
  7. ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
  8. އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

މީގެ ތެރެއިން ރައުދު އަހުމަދު ޒިލާލް ވަނީ ހަްއްޔަރުކޮށްފައެވެ. އަދި ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.