ކަޝްމީރު ސަރަހައްދުގައި ބަޑިން ހަމަލާދީ 20 ފަތުރުވެރިން މަރާލައިފިއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އުޅުނު ފަތުރުވެރިންނަށް އަމާޒުކޮށް މީހަކު ބަޑިން ހަމަލާދީފައެވެ.

އަންގާރަ ދުވަހު ހިނގި އެ ހާދިސާގައި ހަމަލާދީފައިވަނީ އިންޑިއާގެ ބަޔަކަށް ކަމަށާއި އެމީހުންގެ ގުރޫޕު އެ ސަރަހައްދުގެ ޕަހަލްގާމް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބަޑިން ހަމަލާދިނީ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހަމަލާގައި 20 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނާ އިރު، ގިނަ ބަޔަކަށް އަނިޔާވެ ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެ ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ހަމަލާއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ.

ހަމަލާދިނުމާއެކު އިންޑިއާގެ އާމީއާއި ފުލުހުން އެ ސަރަހައްދަށް ފޮނުވައި ފޯރިމަރަން ފަށާފައިވާ އިރު، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް ކަޝްމީރަށް ދަތުރުކުރަމުން އަންނަ ކަމަށާއި އިމަޖެންސީ ސެކިއުރިޓީ މީޓިންއަކަށް ތައްޔާރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވާ އިރު، ކަޝްމީރުގެ އިންޑިއާ ސަރަހައްދަކީ މަދުން ނަމަވެސް އެކި ގުރޫޕުތަކުން ހަމަލާ ބަދަލު ކުރާ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.