އިންޑިއާގެ ވެރިރަށް، ދިއްލީގައި އިމާރާތެއް ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.

ދިއްލީގައި ވެއްޓުނު އެ އިމާރާތަކީ މީހުން ދިރިއުޅޭ އިމާރާތެއް ކަމަށާއި ވެއްޓުނު ވަގުތުވެސް އެތަނުގައި މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ހިނގި އެ ހާދިސާގައި 11 މީހަކު މަރުވެފައިވާއިރު އަނިޔާ ވުމުގެ ސަބަބުން ވެސް ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިއްލީގެ އުތުރުން އޮންނަ މުސްތަފާ އާބާދުގައި ހިނގި އެ ހާދިސާގައި ވެއްޓުނު އިމާރާތުގެ ދަށުގައި މީހުން ތާށިވެފައިވާކަމަށް ބެލެވޭތީ އެގައުމުގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި އިދާރާތަކުން ގުޅިގެން ރެސްކިއު އޮޕަރޭޝަން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިމާރާތް ވެއްޓުނު ވަގުތު އެ އިމާރާތުގައި 22 މީހުން ނިދާފައި ތިބިކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.

20 އަހަރުވެފައިވާ އެ އިމާރާތް ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކުން ފަށާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.