ޖޫރިމަނާ ނުދައްކާ އުޅަނދުފަހަރާއި އެފަދަ އުޅަނދުތަކުގެ ވެރިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް އަޅަން ޖެހޭ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ބޯޓުފަހަރު ފަރަށް އަރުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ކަމާގުޅޭ ފަރާތްތައް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ޖޫރިމަނާ ފައިސާ ހޯދުމަށް ދިމާވާ މައްސަލަތައް ފާހަގަކުރައްވައި، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ޖޫރިމަނާ ފައިސާ ހޯދަން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ޖޫރިމަނާ ނުދައްކައިވެސް އެއްވެސް ހުރަހެއްނެތި، އެފަދަ ބޯޓުތައް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާއެއް އޮތްނަމަ، ސަރުކާރުން އެ ފަރާތްތަކަށް އެ ފައިސާ ބަރާބަރަށް ދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސް ކުޑަވުމަކީވެސް އެކަމަށް ދިމާވާ މައްސަލައެއްކަން ވެސް ނައީމު ފާހަގަކުރެއްވިއެވެ.
"އެފަދަ ބޯޓުތަކުން އޮންނަނީ ވަރަށް ކުޑަ، މިނިމަލް ކަވަރޭޖު ލިބޭ ވަރުގެ އިންޝުއަރެންސެއް،" އޭނާ ވިދާޅުވިއެވެ.
ނައީމު ވިދާޅުވީ އެ މައްސަލަ ދިމާވަނީ ރާއްޖެ ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސާ ގުޅޭ ރަނގަޅު އުސޫލުތަކެއް ހެދިފައި ނެތުމުން ކަމަށެވެ. އަދި އިންޝުއަރެންސް ފުރިހަމަ ނުވިޔަސް ރާއްޖެ ދަތުރުކުރެވޭ މައްސަލަ ހައްލުކުރަން ގަވާއިދުތައް ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައިގައި ނައީމް ވިދާޅުވީ، ޖޫރިމަނާ ކުރެވޭ އުޅަނދުފަހަރާއި އެ އުޅަނދުތަކުގެ ވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގައި ކޮންމެ ވެސް ހުރަސްތަކެއް އަޅަން ޖެހޭ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ކޯޓަށް ނުގޮސް، ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ފަސޭހަ ގޮތްތަކެއް އިންތިޒާމު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނައީމު ވިދާޅުވީ ޖޫރިމަނާ ފައިސާ ނުދައްކާ އެތައް މައްސަލަތަކެއް މިހާރުވެސް އެބައޮތް ކަމަށާއި އޭގެ ބައެއް މައްސަލަތައް ކޯޓުގައި ކުރިއަށްދާ ކަމަށެވެ.
އިބްރާހިމް ޒަކީ
އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ
އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ
އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ
ފައިސާނުދްކާހުރި ދައުލަތުގެކުއްފުނިތަކުގެ މަސައްކަތްހުއްޓުވައްއެބަޖެހޭ
އަބުދުހުލްގަނީ - 1 އަހަރު ކުރިން