ގްރީންލޭންޑުގައި ހުންނަ އެމެރިކާގެ ކޮމާންޑަރު މަގާމުން ދުރުކޮށްފިއެވެ.
ގްރީންލޭންޑުގައި ހުންނަ އެމެރިކާގެ ޕިޓުއްފިކް ސްޕޭސް ބޭސްއަށް އައްޔަންކޮށްފައި ހުންނަ އެ ކޮމާންޑަރު މަގާމުން ވަކިކޮށްފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ގްރީން ލޭންޑަށް ކުރެއްވި ދަތުރަށްފަހުއެވެ.
އެެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ބުނެފައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމާންޑަރު މަގާމުން ވަކިކުރީ އޭނާ އާމެދު އިތުބާރު ނެތުމުންނެވެ.
އެއަށްފަހު ޕެންޓަގަންގެ ޗީފް ސްޕޯކްސްމަން ސީން ޕާނެލް ވަނީ ރައީސް ޓްރަމްޕްގެ ޗެއިން އޮފް ކޮމާންޑަށް ހުރަސް އެޅޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ގްރީންލޭންޑަކީ އެމެރިކާގެ ތަނަކަށް ހެދުމަށް ޑޮނަލްޑް ޓްރަމްޕް ބޭނުންވާއިރު، ކޮންމެ ގޮތަކަށްވިޔަސް އެކަން ކާމިޔާބު ކުރާނެ ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ