ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރާ ބީދޭސިންތަކެއްގެ މެދުގައި މިއަދު މާރާމާރީއެއް ހިންގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، އެ މާރާމާރީގައި އަނިޔާވި ބަޔަކަށް ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރަމުން އަންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި ދިހަ ވަރަކަށް ބިދޭސީންނަށް އަނިޔާވި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެ އެވެ.

މި މާރާމާރީ ހިންގި ސަބަބެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.