އިންޑިއާ ކަނޑުގެ ހުޅަނގުން 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިންޑިއާގެ ނޭވީން އެ ތަކެތި އަތުލައިގަތީ އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އައިއެންއެސް ޓާކެޝް އިން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަންގައި އަސްކަރީ ހެލިކޮޕްޓަރުވެސް ބޭނުންކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޭވީން ބުނީ، އަތުލައިގެން ބޯޓުގެ ކާގޯ ހޯލްޑްތަކުގައި ފޮރުވާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 2386 ކިލޯގެ ހަޝިޝް އާއި 121 ކިލޯގެ ހެރޮއިން ހިމެނޭ ކަމަށެވެ. އަދި އެ ބޯޓުގެ އިތުރުން ޝައްކުކުރެވޭ އެހެން ބޯޓުތައްވެސް ހިފަހައްޓައި ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އެ އޮޕަރޭޝަންގައި ހިފަހައްޓާފައި ވަނީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް ނޭވީން އަދި ހާމަކޮށްފައިނުވެއެވެ.