އޯޓިޒަމް ހުންނަ ކުދިންނަށް އަލާލުމާއި ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ މި ގައުމަށް މުހިންމު ދަރިއެއް ކަމަށެވެ. އެގޮތުން އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނެ އެތަށް ހުނަރެއް ހުރި މޮޅު ކުދީން ކަމަށް ވިދާޅުވިއެވެ.
"އެ ކުދީންނަށް އަޅައިލުމާ ލޯބިދިމުނަކީ ގައުމީ ވާޖިބެއް،" ރައީސް ވިދާޅުވިއެވެ.
ދުނިޔޭގައި އޯޓިޒަމް ދުވަހަކީ ކޮންމެ އަހަރެއްގެވެސް އެޕްރިލް މަހުގެ ދެވަނަ ދުވަހެެވެ. މި އަހަރުގެ އޯޓިޒަމް ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެޑްވާންސިން ނިއުރޯޑައިވާސިޓީ އެންޑް ދަ ޔޫއެންސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" އެެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު