ބީއެމްއެލް އިސްލާމިކުން ފިތުރު އީދު ފާހަގަކުރުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ނުވަ ރަށެއްގައި އީދު ސައި ބާއްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ރަށު ކައުންސިލުތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ އީދު ސައި ބާއްވާފައިވަނީ މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ. މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، އައްޑޫ ސިޓީ ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައި ކަމަށެވެ.

30 މާޗް 2025، އދ. މަހިބަދޫގައި ބޭއްވި ބީއެމްއެލް އިސްލާމިކްގެ އީދު ސައި -- ފޮޓޯ/ ބީއެމްއެލް

މި އަހަރު އީދު ސައި ބާއްވާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ބީއެމްއެލުން ވަނީ މިދިޔަ އަހަރުވެސް ހަ ރަށެއްގައި އީދު ސައި ބާއްވައިފައެވެ.