މާލޭގެ ގެއެއްގައި 60 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 12:22 އެހާކަންހާއިރު މައްޗަންގޮޅީގައި ހުންނަ ގެއެއްގައި ހަބަރެއް ނެތި މީހަކު އޮތްކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ.
"އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ" ފުލުހުން ބުންޏެވެ.
މަރުވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް