ކީރިތި ގުރުއާން ހިތުދަސްކުރި 24 ހާފިޒަކު ދަސްވެނިވެއްޖެއެވެ.

މިއަހަރު ދަސްވެނިވި ހާފިޒުންނަށް ސަނަދު އެރުވުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ވަނީ އެކަމަށްޓަކައި ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ހާޒިފުންނަށް ސަނަދު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ސަރުކާރުން ވަކި ޖަލްސާއެއްގެ ގޮތަށް ހާފިޒުންގެ ދަސްވެނިވުން ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަސްވެނިވާ ހާފިޒުންނަށް ސަނަދު އަރުވާފައިވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގެ ތެރެއިންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ އިސްލާމީ ފަހުރުވެރި ތާރީހަށް އާ ސަފުހާއެއް ހުޅުވިގެންދިޔަ ދުވަސް ކަމަށާއި މީގެ ކުރިން ވަކި ކަމެއްގެ ގޮތުގައި އެކަން ފާހަގަނުކުރުމުން ހައްގު ގަދަރު ދެވިފައިނުވާ ކަމަށެވެ. ނަމަވެސް ދެން ކޮންމެ އަހަރަކު ވެސް ވަކި ޖަލްސާއެއްގެ ގޮތަށް ހާފިޒުންގެ ދަސްވެނިވުން ފާހަގަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭ ދަސްވެނިވި 24 ހާފިޒުންގެ ތެރެއިން 22 ހާފިޒުންނަކީ އުމުރުން 18 އަހަރުން ދަށުގެ ހާފިޒުންނެވެ. އޭގެ ތެރެއިން ގިނަ ހާފިޒުންނަކީ މިއަހަރުގެ ރަމަޟާން މަހުގައި އެކި މިސްކިތްތަކުގެ ތަރާވީސް ނަމާދުގެ އިމާމުންނެވެ.

އެ ހާފިޒުންގެ ތެރެއިން އެންމެ ހަގު ހާފިޒުންގެ އުމުރަކީ 12 އަހަރެވެ. އުމުރުން 12 އަހަރުގެ ތިން ހާފިޒަކު ހިމެނޭ އިރު، އޭގެ ތެރެއިން ދެ ހާފިޒުންނަކީ މިސްކިތްތަކުގައި ތަރާވީސް ނަމާދުކުރާ އިމާމުންނެވެ.

  • މުހައްމަދު މިޝްއަލް އާޒިމް (ހިފްޒުކުރި އުމުރު: 18 އަހަރު)
  • ރައްޔާން އަހުމަދު މުހައްމަދު (ހިފްޒުކުރި އުމުރު: 15 އަހަރު)
  • އާމިނަތު މަންހާ ބިންތު އިސްމާއީލް (ހިފްޒުކުރި އުމުރު: 15 އަހަރު)
  • އާއިޝަތު ޒީކް ރިޔާޒް (ހިފްޒުކުރި އުމުރު: 14 އަހަރު)
  • އަބްދުﷲ އަހުސަން ސައީދު (ހިފްޒުކުރި އުމުރު: 14 އަހަރު)
  • އުވައިސް ބިން އިނާޒް (ހިފްޒުކުރި އުމުރު: 16 އަހަރު)
  • އާމިނަތު އަލްމާ ތޮލްޙަތު (ހިފްޒުކުރި އުމުރު: 17 އަހަރު)
  • އާތިކު އަބްދުއްސައްތާރު (ހިފްޒުކުރި އުމުރު: 18 އަހަރު)
  • ޒަލަފް ބިން ނާފިއު (ހިފްޒުކުރި އުމުރު: 12 އަހަރު)
  • މުސްއަބް ބިން ފައިސަލް (ހިފްޒުކުރި އުމުރު: 12 އަހަރު)
  • އަހުމަދު ރައީފް މުހައްމަދު (ހިފްޒުކުރި އުމުރު: 17 އަހަރު)
  • އާއިޝަތު ޞާއިބަތު މުހައްމަދު ރިކްޒާން (ހިފްޒުކުރި އުމުރު: 16 އަހަރު)
  • އާބްދުﷲ ހަޔާން ހަމީޒް (ހިފްޒުކުރި އުމުރު: 16 އަހަރު)
  • އާސިރު އާރިފު ޔޫސުފް (ހިފްޒުކުރި އުމުރު: 14 އަހަރު)
  • އާރިޝް އަބްދުﷲ އިބްރާހީމް (ހިފްޒުކުރި އުމުރު: 15 އަހަރު)
  • ޒާލިފް މަދީހު (ހިފްޒުކުރި އުމުރު: 12 އަހަރު)
  • އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން (ހިފްޒުކުރި އުމުރު: 13 އަހަރު)
  • މަރްޔަމް ހުނާ ހަސަން (ހިފްޒުކުރި އުމުރު: 17 އަހަރު)
  • ބިލާލް ބިން އަހުމަދު (ހިފްޒުކުރި އުމުރު: 15 އަހަރު)
  • އާއިޝަތު ލިޒީ (ހިފްޒުކުރި އުމުރު: 23 އަހަރު)
  • އަލާވީ އައްޔޫބު ބުން މުހައްމަދު ޝުޖާއު (ހިފްޒުކުރި އުމުރު: 15 އަހަރު)
  • ނަބާހަތު އަބްދުﷲ (ހިފްޒުކުރި އުމުރު: 18 އަހަރު)
  • އިބްރާހީމް ނަފީސް ހުސައިން (ހިފްޒުކުރި އުމުރު: 66 އަހަރު)
  • ފާތިމަތު އީޝަލް އަހުމަދު (ހިފްޒުކުރި އުމުރު: 14 އަހަރު)