މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އޭނާ ފްލެޓް ގަތީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީގެ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ.
"އެއީ ހަގީގަތެއް ނެތް، އަސާސެއް ނެތް ދޮގު ވާހަކައެއް. މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގަނެ، ފައިސާ ދައްކާފައިވާ ފްލެޓެއް،" ފަހުމީ ވިދާޅުވިއެވެ.
ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ފަހުމީ އިލްތިމާސް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު