ތެލެސީމިއާ ސެންޓަރުން ގިނަ ހިދުމަތްތަކެއް ނުލިބޭތީ އެ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފިއެވެ.
ތެލެސީމިއާ ބަލި ހުންނަ މީހުންގެ އާއިލާގެ މެންބަރުންނާއި ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ރޭ ވަނީ ތެލެސީމިއާ ސެންޓަރު ކުރިމަތީ މުޒާހަރާކޮށްފައެވެ.
އެ މުޒާހަރާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރަންޖެހޭ ހިސާބަށް ދިޔައީ ތެލެސީމިއާ ބައްޔާ ގުޅޭ ބޭސް ނުލިބޭތީއާއި ލޭ ހޯދުން އެހާ އުނދަގޫއިރު ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓު އުކާލަން ޖެހުންފަދަ ކަންކަން ދިމާވާތީ ކަމަށް މުޒާހަރާގެ ބައިވެރިއެއް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތެލެސީމިއާ ސެންޓަރުންގެ ވެރިންނާ ދެކޮޅަށް މުޒާހަރާކުރަން ފެށީ ސެންޓަރުގެ މެނޭޖުމަންޓާއެކު ރޭ ބޭއްވި ބައްދަލުވުމަށްފަހު އެއްވެސް ކަމަކަށް ހައްލެއް ނުލިބުމުންނެވެ.
މުޒާހަރާގެ ބައިވެރިއަކު ބުނީ ތެލެސީމިއާ ސެންޓަރަށް އަލަން ގެނެސްގެން އުޅޭ ފިލްޓާތަކުގައި މައްސަލަ ހުންނަކަން ސެންޓަރުންގެ ވެރިންނަށް ވެސް އެނގޭ ކަމަށެވެ.
"ސަލާން ޖަހައިގެން ބައެއް ފަހަރު ހޯދާ ލޭ ފޮދު މިޖެހެނީ ފިލްޓަރު މައްސަލަ ޖެހިފައިހުރުމުގެ ސަބަބުން އުކާލަން" މުޒާހަރާގެ ބައިވެރިއެއް ބުންޏެވެ.
ތެލެސީމިއާ ސެންޓަރު ވެރިންގެ ފަރުވާ ކުޑަކަމުން ތަނުގެ ހާލަތު އެހާ ދަށްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުޒާހަރާ ކުރި މީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު