ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބ. އަތޮޅުގައި ދުނިޔޭގެ ރެކޯޑެއް ހަދަން ފްރީޑައިވް މޯލްޑިވްސްއާއެކު ބ. އަތޮޅު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފަހުދު ފާއިޒެވެ. އަދި ބ. އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.
އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓުތަކާއި މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. "ބާނި" ނަމުގައި އެ ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ބ. އަތޮޅު އަނގަފަރު ސަރަހައްދަށް އެއްފަހަރާ 1000 އެއްހާ މީހުން ޖަމާވެ ފީނައިގެންނެވެ. އެ އިވެންޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކުރުވުމާއި އަދި އެ އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރުކުރުން ކަމަށެވެ.
ދުނިޔޭގެ ރެކޯޑު ހެދުމަށް މިއަހަރު ބާއްވާ އެ ހަރަކާތަކީ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.
ކައުންސިލުން ބުނީ އެ ހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ބ. އަތޮޅު ބަޔޮސްފިއާ ރިސާވްއާއެކު ވެސް އެއްބަސްވުމެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު