ބީވައިޑީ އިން ފަސް މިނިޓު ތެރޭ ޗާޖްކޮށްލެވޭ ބެޓަރީ ސިސްޓަމެއް ދައްކާލައިފިއެވެ.

ޗައިނާގެ އިލެކްޓްރިކް ކާރު އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ބޭނުންކުރާ ބީވައިޑީ އިން ވަނީ އެކުންފުނީގެ ކާރުތަކަށް އާ ބެޓަރީ ސިސްޓަމެއް ތައާރަފްކޮށް ދައްކާލައިފައެވެ.

ބީވައިޑީ އިން ވަނީ އަލަށް އުފެއްދި ބެޓަރީ ސިސްޓަމްގެ އެހީގައި ފަސް މިނެޓު ތެރޭ ފުލް ޗާޖް ކުރުމަށްފަހު 470 ކިލޯމީޓަރުގެ ދުރުމިނަކަށް ކާރު ދުއްވޭނެ ކަމަށް ބުނެފައެވެ.

ބީވައިޑީއިން ހޯމަ ދުވަހު ދައްކާލި އާ ބެޓަރީ ސިސްޓަމް ހިމެނޭ ކާރު އުފެއްދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ބީވައިޑީ އިން ބުނީ އަލަށް އުފެއްދި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އެ ބެޓަރީ ސިސްޓަމް އަކީ އާންމު ގޮތެއްގައި ކާރަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތުގެ ތެރޭގައި ބެޓަރީ ކާރު ޗާޖު ކުރެވޭނެ ގާބިލުކަން ގާއިމްކުރުމަށް އުފެއްދި ސިސްޓަމެއް ކަމަށެވެ.