ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފިއެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށް އެ މިނިސްޓްރީން ދަފްތަރެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ މިވަގުތު ދަނޑުވެރިކަމުގައި، ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކާއި ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ އެކުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"ވީމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ މަހުގެ 10 ކުރިން މި މިނިސްޓްރީގެ މެއިލްއަށް [email protected] ފޯމު ހުށަހަޅައިދެއްވުން އެދެމެވެ،" އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
އެ ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށާއި އެކަމާ ގުޅުންހުރި އިތުރު މައުލޫމާތު އެގްރިކަލްޗާ މިނިސްޓްރީއަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު