މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަސް މޯލްޑިވްސް ޒަކާތު ހައުސިން އިން ބުނެފި އެވެ.

ޒަކާތު ހައުސިން އިން ބުނީ، އެ އަދަދަކީ ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި ހުރިހާ އޮންލައިން ޕްލެޓްފޯމްތަކުން ބަލައިގަތް އަދަދު ކަމަށެވެ.

ޒަކާތު ހައުސިން އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ލިބުނު 2.9 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރު ލިބުނު އަދަދަށްވުރެ 1.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ގިނަ އަދަދެވެ.

  • 2021: 977،301 ރުފިޔާ
  • 2022: 1 މިލިއަން ރުފިޔާ
  • 2023: 1.3 މިލިއަން ރުފިޔާ
  • 2024: 1.6 މިލިއަން ރުފިޔާ
  • 2025: 2.9 މިލިއަން ރުފިޔާ