އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25" ފަށައިފިއެވެ.
އެ ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ޔޫތު ތާޑް ސްޕޭސް (ލިލީ މަގު) ގައި ކޮންމެ ރެއަކު ވެސް ރޭގަނޑު 9:00 އިން މެންދަމު 12ގެ ނިޔަލަށެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެ މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ވާދަކުރާ އިރު، 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރާނެ ކަމަށާއި އެ ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލެއް ކަމަށެވެ.
މުބާރާތްތަކުގެ އިތުރުން، ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 އާންމުންނަށް ހުޅުވާލާފައިވާ އިރު، އެ ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނެއެވެ. ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭ ގޮތަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި އީސްޕޯޓްސް ކުރިއަރަމުން އަންނަ އިރު، އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ގެ މަގުސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުރުމެވެ. އުންމީދީ އީސްޕޯޓްސް ޗެމްޕިއަނަކަށް ވިޔަސް، ނުވަތަ ކެޝުއަލް ގޭމަރެއް ކަމުގައިވިޔަސް، އެ ފެސްޓިވަލަކީ ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ފެސްޓިވަލެއް ކަމަށް އުރީދޫން ދެކެއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް