ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އައްޑޫ ސިޓީގައި ގޭމިން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ދިރާގުން މިއަދު ބުނީ، "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހު އައްޑޫގެ ޝަރަފުއްދީން ސްކޫލުގައި ކަމަށެވެ.
އައްޑޫގައި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި އައްޑޫއަށް ނިސްބަތްވާ އަލަށް ގޭމު ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސްއަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ dgg.mv މެދުވެރިކޮށެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި އީއޭއެފްސީ 25 އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ވަނީ ހިމެނައިފައި. އަދި އީއޭއެފްސީ 25 މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމާސްއަށް ޖުމުލަ 10،000 ރުފިޔާގެ ޕްރައިޒްޕޫލެއް ވަނީ ކަނޑައަޅާފައި،" ދިރާގުން ބުންޏެވެ.
ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރު ޑީޖީޖީން ވަނީ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އާ މުބާރާތްތަކެއް ތައާރަފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު