ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ އިސްމާއީލް މިއަދު އައްޔަންކޮށްފިއެވެ.
ޝައްމަ ވަނީ ގާނޫނީ ދާއިރާއިން ކިޔަވައި ވިދާޅުވެފައެވެ. އަދި ވަނީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ވެސް ފުރުއްވައިފައެވެ.
އެ މަގާމަށް ޝައްމަ އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިމަހުގެ އެއްވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ.
ވިސާމް ވަނީ ކުންފުނި ރަޖިސްޓްރާގެ މަގާމުގައި 11 އަހަރު ދުވަހު ހިދުމަތްކުރައްވައިފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި