މި ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ އިޝްތިހާރުތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ރޯދަ މަހުގެ އެކި ތަޖުރިބާތައް އަންނަނީ ފެންނަމުންނެވެ. މިއީ ވަރަށް ލޯބި އަދި ކޮންމެ މީހެއްގެވެސް މާޒީ ހަނދާން ކޮށްދޭނެ ވީޑިއޯތަކެކެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ ހާއްސަ ކެމްޕެއިން "ރޯދައިގޭ ނޫރު" އެވެ. މި ކެމްޕޭނުން ދައްކައިދެނީ ނޫރު ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަސް ފުރިހަމަ ކުރަން ކުރާ ތަޖުރިބާ އެވެ.

އެގޮތުން ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާ އިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި ރޯދަ މަހުގެ ރިވެތި އަހުލާގުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދެއެވެ. ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން އެ ފޮތުން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެއެވެ.

ރޯދަ މަހު ޖީލުތަކުގެ މެދުގައި ހިއްސާކުރެވިފައިވާ އާދަކާދަތައް ހިއްސާކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެނެސްދޭ މި ކެމްޕެއިންގެ ސަބަބުން ހުރިހާ އުމުރުފުރައަކަށްވެސް ރޯދަ މަސް ގުޅުވާލަދީ އެ މަހުގެ އުފާވެރި، މަޖާ ހަނދާންތައް އާވެގެންދާނެ އެވެ.

އުރީދޫން ބުނީ ރޯދަ މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރަކަށްވާއިރު، "ރޯދައިގޭ ނޫރު" އާއެކު މި މަހުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތައް ގުޅާލައި، މާނަ ފުން މެސެޖުތަކެއް އެކުލެވޭ ކެމްޕެއިންތަކެއް ގެނެސްދިނުމަށް ކަމަށްވެސް ބުންޏެވެ.