ގދ. ގަމުގައި އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުހުޅުވާލައިފި އެވެ.

ގދ. ގައްދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބިނާވެށި ޕްލޭންގައި، ގައްދޫގެ އިހުތިސޯސްގެ ގޮތުގައި ހިމަނާފައިވާ ގދ. ގަމުގައި އެކި ދާއިރާތަކުން މަޝްރޫއުތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުހުޅުވާލާ ކަމަށެވެ.

އެގޮތުން ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް، ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި، އެ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ގައްދޫ ކައުންސިލުން ބުނެއެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރީން އެ ކައުންސިލަށް ހުށަހެޅުމަށް ގައްދޫ ކައުންސިލުން ވަނީ އެދިފައެވެ. ލިޔެކިޔުންތައް ހުށަހަޅާނީ [email protected] މެއިލްއަށް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

  • ފަތުރުވެރިކަމާ ގުޅުން ހުރި ކަންކަން
  • ދަނޑުވެރިކަމާ ގުޅުން ހުރި ކަންކަން
  • މަސްވެރިކަމާ ގުޅުން ހުރި ކަންކަން
  • ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންއާ ގުޅުން ހުރި ކަންކަން
  • ދިރާސާއާ ގުޅުން ހުރި ކަންކަން