ޗައިނާގެ މަގުތަކުގައި ޕެޓްރޯލް ކުރުމަށް ރޮބޮޓް ނެރެފިއެވެ.
ޗައިނާގެ ޝެންޒެން އާއި ގުއާންގްޑޮންގް ޕްރޮވިންސުގެ މަގުތަކުގައި ޕެޓްރޯލް ކުރަމުންދިޔަ ރޮބޮޓް ތަކެއްގެ ވީޑިއޯ އެ ގައުމުގެ މީޑިއާތަކުން ވަނީ އާންމުކޮށްފައެވެ.
ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރޮބޮޓްތައް ވަނީ ޝެންޒެން އާއި ގުއާންގްޑޮންގް ޕްރޮވިންސުގެ މަގުތަކުގައި ހައި ވިޒިބިލިޓީ ޖެކެޓުތަކެއް ލައިގެން ޕެޓްރޯލް ކޮށްފައެވެ.
މީޑިއާއިން އާންމުކޮށްފައިވާ ވީޑިއޯއަކުން އެ ރޮބޮޓްތައް އިންސާނުން ގޮތަށް ހިނގާފައި ފުލުހުންނާ އެކީ މަގުމަތީގައި އުޅޭ މަންޒަރު ފެނެއެވެ. ވީޑިއޯއިން ފެންނަ ގޮތުން މަގުތަކުން ދާ އާންމުންނަށް ހަނާ އަޅައި ރޮބޮޓްތައް އެމީހުންނާ ސަލާން ވެސް ކުރެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ބައެއް ޕްރޮވިންސުތަކުން ފުލުހުންގެ ބޭނުމަށް ކޮންމެވެސް ވަރަކަށް ރޮބޮޓްގެ ބޭނުން ހިފަން ފަށާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ