ކުޑަކުދިން ހިމެނޭހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު 07:57 ހާއިރު އދ. ދިގުރަށުން ފުރައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށްވާ "ހުވަން" އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ލޯންޗްގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެން މިހާރު ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބައެވެ. ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު