ތ. މަޑިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ތުހުމަތުކުރެވޭ މީހާ މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު މަރުވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، އެ ރަށުގައި ވަނީ އިހުތިޖާޖެއް ވެސް ކޮށްފައެވެ. އެ މައްސަލަ ހުށަހަޅާފައިވާ އަންހެން މީހާއަކީ ހަށިވިއްކާ މީހެއް ކަމަށްބުނެ، އެ ރަށު މީހުން އިހުތިޖާޖުކޮށްފައިވަނީ އޭނާ ރަށުން ބޭލުމަށް ކަމަށް "ވަން" އަށް އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު