ދ. ރިނބިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހުޅުވައި، އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރިނބުދުއަށް މިއަދު ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ރަށުގައި ބީއެމްއެލްއިން ހެދި، އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ ބައެއް އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ރިނބިދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ރިނބިދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފައިވާ އިރު، ދައުލަތުގެ ހަރަދުގައި މި އަހަރު 50 ރަށެއްގެ ކައުންސިލް އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. އަދި މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެެލްގެ އޭޓީއެމްގެ ހިދުމަތް ގާއިމް ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު