ވާލުގެ ޒަރިއްޔާއިން ފެތުރޭ އާ ވައިރަހެއް ޗައިނާއިން ފެނިއްޖެއެވެ.
ޗައިނާއިން އާ ވައިރަހެއް ފެނިފައިވާއިރު އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޗައިނާގެ ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ރިޕޯޓު ކޮށްފައިވާގޮތުން އެ ގައުމުން ފެނިފައިވަނީ ކޮވިޑް ވައިރަހާ ދާދި އެއްގޮތް ވައިރަހެކެވެ. އަލަށް ފެނުނު ވައިރަސްގެ ނުރައްކާ މިންވަރު ބެލުމަށް ތަހުލީލުކުރަން ފަށާފައިވާއިރު ދިރާސާކުރާ ފަރާތްތަކުން ވަނީ އެ ވައިރަސް އިންސާނުންގެ ގައިން އިންސާނުންނަށް އަދި ޖަނަވާރުންގެ ގައިން ޖަނަވާރުންނަށް ފެތުރޭނެ ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ވަނީ އަލަށް ފެނުނު ވައިރަސް އިންސާނުންގެ ސެލް އަށްވެސް ހަމަލާ ދޭކަމަށާއި ލެބް ޓެސްޓުތަކުގައި ބޭނުންކުރާ އާލާތްތަކުންވެސް އެކަން ޔަގީން ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މިފަހަރު އަލަށް ފެނުނު ވައިރަސް ދެނެގަތް ޓީމުގައި ޗައިނާގެ ގުއަންޒޯގެ ލެބޯޓަރީގައި މަސައްކަތް ކުރާ ޒެންގް ލީ ޝީ ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. ޒެންގް އަކީ ކޮވިޑް ފެތުރުނު ކަން ބެލެވޭ ވުހާންގެ ލެބޯޓަރީގައި މަސައްކަތް ކުރި ސައިންޓިސްޓެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ