ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މާއެނބުދުއަށް ވަޑައިގެން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.
އެއަށްފަހު ރައީސް ވަނީ މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވައިފައެވެ.
މާއެނބޫދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއެކު އަލަށް ފަސް ހިދުމަތެއް ވަނީ ތައާރަފް ކޮށްފައެވެ. އެ ހިދުމަތްތަކުގެ ތެރޭގައި އާންމު ސިއްހަތުގެ ހިދުމަތްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ، ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއް އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް ހިމެނެއެވެ.
އެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓަރީ އަދި ޕޯޓިކޯ ހެދުމުގެ މަސައްކަތް ޑީއެންއެފް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ، ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ 2023 އެޕްރީލް 12 ގަ އެވެ.
ހެލްތު މިނިސްޓްރީން އެ މަސައްކަތް ޑީއެންއެފް އިންޖީނިއަރިންއާ ހަވާލުކުރީ 4.7 މިލިއަން ރުފިޔާއަށް ފަސް މަސް ތެރޭގައި ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު