ރޯދައަށް ތައްޔާރުވުމުގެ ގޮތުން ޝައިހް ޑރ. އިލްޔާސް ހުސެއިންގެ ހާއްސަ ދަރުހެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ބާއްވާ އެ ދަރުހުގެ މައުޟޫއަކީ "ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" އެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 20:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ "އައްތަޒްކީރް" ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެއް ކަމަށެވެ. އަދި އެ ދަރުހަށް ދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.