ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރޭގައި އުފުލަންދޫ ހިމަނައި، ރ. މީދޫގެ އިހުތިސޯސްގެ ތެރޭގައި ތާވާތާ ސަރުކާރުން ހިމަނައިދީފިއެވެ.

ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރޭގައި އުފުލަންދޫ ހަމަޖައްސަވައިދެއްވުމުގެ އިތުރުން ރ. މީދޫގެ އިހުތިސޯސްގެ ތެރެއަށް ތާވާތާ ހިމަނައިދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މަހު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މަޑުއްވަރީގެ ބައެއްގެ ގޮތުގައި އުފުލަންދޫ އަދި މީދޫގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ މި ވައުދުފުޅަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އެ ދެ ރަށުގައި އިގުތިސޯދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށް ވެސް އޮތް އެންމެ ރަނގަޅު ހައްލުކަމަށްވާތީ، ރައީސް އެގޮތަށް ހަމަޖައްސައިދެއްވީ ކަމަށެވެ.