އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިއާރުއީއޭ)، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް (އޯއައިސީ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުކަމުގެ މަގާމަށް ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
- އައިއެމްއޯ އަށް ޑރ. އިރުތިޝާމް އާދަމް
- އައިއާރުއީއޭ އަށް މުހައްމަދު ހުސެއިން ޝަރީފް
- ޑަބްލިއުޓީއޯ އަށް ޑރ. ސަލްމާ ރަޝީދު
- އޯއައިސީ އަށް އަހުމަދު ސަރީރު
މި ބޭފުޅުންގެ ތެރެއިން އިރުތިޝާމަކީ އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑަޅާފައި ހުންނަވާ ސަފީރެވެ. މުހައްމަދު ހުސެއިން ޝަރީފަކީ އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. ސަލްމާއަކީ ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އަދި ސަރީރަކީ ސައޫދީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު