ތ. ވިލުފުށީ ކެފޭއަށް ސިހުރު ހެދި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ފުލުހުން ބަލަން ފެށީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.

ފުލުހުން އެ މައްސަލަ ބަލަން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ދަންވަރު 12:05 ހާއިރު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާތީ އެ މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ތ. ވިލުފުށި، ރޭނިގެ/ މުހައްމަދު އަބްދުލް ގާދިރު 66އ. ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.