ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެ ބަދަލު ގެންނަން ނިންމެވީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންނެވެ.
އެގޮތުން ކޮންމެ އުމްރާވެރިޔެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވައިފިން." ކަމަށް ރައީސް ވިދާޅުވިއެވެ.
ރޯދަ މަހު އާއްމު ގޮތެއްގައި ގިނަ އަދަދެއްގެ ދިވެހީން އުމްރާއަށް ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު