ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލާގައި އެ ރަށުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.
"ގއ. ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މިއީތޯ؟" ގެ ނަމުގައި ވިލިނގިލީގައި ބޭއްވި އިހުތިޖާޖުގައި ކަންބޮޑުވުން ފާޅުކުރީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ތުއްތު ދަރިފުޅު މަރުވި މައްސަލައިގައެވެ. ގއ. ވިލިނގިލީ ކައުންސިލުގެ ބައިވެރިވުމާއެކު ކުރި އެ އިހުތިޖާޖުގައި ޝިއުނާގެ ފިރިމީހާ ޝިފާޒް ޒާހިރު ވަނީ ޝިއުނާ މަރުވި ހާދިސާ ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.
ޝިފާޒު ބުނި ގޮތުގައި އޭނާގެ އަނބިމީހާ މަރުވީ، ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، އެ މީހުން މާލެ ނުގެނެވި ފަރުވާ ލިބުން ލަސްވުމުގެ ސަބަބުންނެވެ. ޝިއުނާ މަރުވީ މާލެ ގެންނަން ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަތީގައި ތިއްބައިކަން ފާހަގަކޮށް ޝިފާޒް ބުނީ ޝިއުނާ ގެންދަން އައި އެއާ އެމްބިއުލާންސްގައި އޮސްކިޖަން ނެތް ކަމަށެވެ.
"މަ ބޭނުމީ މަގޭ އަންހެނުންގެ ހައްގުގައި މިތަނަށް (ހޮސްޕިޓަލަށް) ރަނގަޅު ގޮތެއް ވާން. ކުޑަކުދިންގެ ޑޮކްޓަރުންވެސް މިތާ ތިބެން އެބަޖެހޭ. މިއީ އާދައިގެ ކަންކަމެއް ނޫން. މަ ހިތުގައި އަޅާ ވޭނާއި މަ ރޯ ރުއިން އެހެން މީހަކަށް ނޭނގިދާނެ" ޝިފާޒް ބުންޏެވެ.
ޝިފާޒް ބުނީ، އޭނާގެ އަންހެނުންނާއި ދަރިފުޅު މަަރުވި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ދައުވާކުރާނެ ކަމަށާއި އަންހެނުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވާން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މައްސަލަ ބަލައިދޭން އޭނާ ވަނީ އާދޭހާއެކު އެދިފައެވެ.
އެ މައްސަލާގައި ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށެވެ. އަދި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ ދެމައިން މަރުވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގައިވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު