ހުޅުމާލޭގައި އިމާރާތްކުރާ ތެލިސީމިއާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ތެލެސީމިއާ ބަލިމީހުނަށް މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ވައުދުފުޅާ އެއްގޮތަށް ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށެވެ.
ސްޓޭޓް އޮފް ދި އާޓް ތެލެސީމިއާ ހޮސްޕިޓަލެއް އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމި މި އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ، ޢަމަލީ މަސައްކަތް ހުޅުމާލޭގައި މި މަޝްރޫއަށް ހާއްސަ ކުރެވިފައިވާ ބިމުގައި އިރާދަކުރެއްވިޔާ ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރަކު މަދުވެގެން ދިހަ ކުދިން ބޯންމެރޯއަށް ފޮނުވުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން، މިދިޔަ އަހަރު 14 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ތެލެސީމިއާ ޕްރިވެންޝަން، ކޮންޓްރޯލް އަދި މެނޭޖްމަންޓް މާސްޓާ ޕްލޭން މިދިޔަ އޮކްޓޫބަރު މަހު އިފްތިތާހުކޮށް ތަންފީޒީ މަރުހަލާ މިހާރު ފަށާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު