ތައިލެންޑުގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ޖެނެރަލް ސޭލްސް އެޖެންޓުންގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން އިއުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ދެ ގައުމުގައިވެސް ބޭނުންވަނީ އެ ހިދުމަތް ދެ އަހަރު ދުވަހަށް ދޭނެ ބައެކެވެ.
އެކަމަށް ކުރިމަތިލާ ފަރާތަކީ އެއާ ޓްރެވަލް އެޖެންސީއެއް ހިންގުމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ, އޭވިއޭޝަން ނުވަތަ ޓްރެވަލް ޓްރޭޑުން އަހަރަކު ދެ މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ސޭލްސް އެޖެންޓުގެ ހިދުމަތް ދޭން ކުރިމަތިލާ ކުންފުންޏަކީ ކޮންމެވެސް އެއް މޭޖާ އެއާލައިނެއްގެ ސޭލްސް އެޖެންޓަކަށް ވާން ޖެހޭނެ އެވެ. އަދި ހިދުމަތް ދޭ ފަރާތަކީ ހަފުތާގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން ހަ ގަޑިއިރު ހިދުމަތްދޭ ކުންފުންޏަކަށް ވެސް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު