މާލޭގައި މީހަކަށް މަރުތޭލަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ކަނބާއައިސަރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށާއި އެ ހަމަލާގައި ދިވެހި ފިރިހެނަކަށް ޒަހަމުވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިރޭ މާރާމާރީއެއް ހިންގާފައިވާ އިރު، މިއަދު މެންދުރު ވަނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ވެސް މާރާމާރީއެއް ހިންގައިފައެވެ. އެއީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ކައްކާ އާއި ބަންގުލަދޭޝްއަށް ނިސްބަތްވާ އެހީތެރިޔާއާ ދެމެދު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު، އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު